އިސްރާއީލުގެ އަސްކަރީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ސްޓްރެޓެޖިކް ސްޓްރޭޓް އޮފް ހޮރްމޫޒް ބަންދުކުރުމަށް އީރާނުން ވިސްނަމުންދާ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ޕްރެސް ޓީވީން އީރާނުގެ ޕާލަމެންޓް މެމްބަރު އެސްމައިލް ކޮއުސާރީއާ ހަވާލާދީ ބުނެފައިވަނީ ތެހެރާނުން މި ފިޔަވަޅުގެ ބަރުދަން ބަލަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ދުނިޔޭގެ ތެޔޮ ސަޕްލައިއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. "އީރާނުން ވިސްނަމުންދަނީ ޕާޝިއަން ގަލްފުގައި އޮންނަ ހޮރްމުޒް ސްޓްރެއިޓް ބަންދުކުރުމަށެވެ.
މި ވާހަކަތައް ދެއްކެވީ ހުކުރު ދުވަހުގެ ވަގުތެއްގައި އިސްރާއީލުން އީރާނުގެ ސަރަހައްދަށް ސިލްސިލާ ހަމަލާތަކެއް ދީ، ނިއުކްލިއާ އަދި މިސައިލް ފެސިލިޓީތަކަށް އަމާޒުކޮށް އަސްކަރީ އިސް ފަރާތްތަކާއި ސައިންސްވެރިން މަރާލިތާ އެއް ދުވަސް ފަހުންނެވެ. ހަމަލާތަކުގެ ރާޅު ކުރިއަށް ގޮސްފައިވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން މަދުވެގެން 78 މީހުން މަރުވެފައިވާއިރު އިތުރު 320 މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ އދ.
ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލުގެ އެތެރޭގެ ބައެއް ތަންތަނަށް ބެލިސްޓިކް މިސައިލް ޖަހައި މަދުވެގެން ތިން މީހަކު މަރުވެ 170 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް