ހަބަރު

ފްލައިޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ހަމްދަރުދީ ފާޅުކުރައްވައިފި

އެއާ އިންޑިއާގެ އޭއައި171 ފްލައިޓު ވެއްޓުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަމްދަރުދީ ފާޅުކުރައްވައި މީސްމީޑިއާގައި ޕޯސްޓެއް ކުރައްވައިފިއެވެ.

ފްލައިޓު ވެއްޓުނު ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، މި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިން ތިބިކަން ފާހަގަކުރައްވާފައެވެ.

ވެއްޓުނު މަތިންދާބޯޓަކީ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ ޒަމާނީ އުޅަނދެކެވެ. އެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ގުޖްރާތުގެ ވައިގެ ސަރަޙައްދު ބަންދުކޮށް އަޙްމަދުއާބާދް ވައިގެ ބަނދަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް 30 އަށްވުރެ ގިނަ މީހުން މި ހާދިސާގައި މަރުވެފައިވެއެވެ.

ވެއްޓުނު ބޯޓަކީ އިންޑިއާގެ އަހްމަދުއާބާދުން، އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މި ބޯޓުން 242 މީހުން ދަތުރުކުރަމުންދިޔައެވެ. އެއީ 10 ކެބިން ކްރޫއިންނާއި ދެ ޕައިލެޓުން ހިމެނޭގޮތަށެވެ.

މިބޯޓު ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ.

ފްލައިޓު ވެއްޓުނީ ދިގު ދަތުރަކަށް ތެޔޮ އަޅައިގެން ކަމުން، އެއާޕޯޓުން ނައްޓާލިތާ މާ ގިނަ އިރުތަކެއް ނުވެ ބޯޓު ވެއްޓުމާއެކު، އެކްސްޕޯޝަން ބޮޑުވެ، އަލިފާންގަނޑު ރޯވުން އަވަސްވެ، ބޮޑުވެގެން ދިޔައެވެ.


ކޮމެންޓް