އެއާ އިންޑިއާގެ މަތިންދާބޯޓެއް ގުޖަރާތުގެ އަހްމަދުއާބާދުގެ މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.
އޭއެންއައި އިން ރިޕޯޓްކޮށްފައިވާ އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން ފުރި ވަގުތު ވެއްޓުނު މި ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫން ތިއްބެވެ.
ފްލައިޓް އޭއައި171 ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް އާންމުވެފައި ވާއިރު ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ.
އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. އަދި ވެއްޓުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ވެއްޓުނު އިރު ލޭންޑިން ގިއަރު ވެސް މައްޗަށް ނުނެގެ އެވެ.
ވެއްޓުނު ބޯޓުގައި ގުޖަރާތުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ ވެސް އިންނެވި ކަމަށްވެ އެވެ.
މިހާތަނަށް އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓި ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އަލިފާނުގެ ސަބަބުން ވަނީ އެއްކޮށް އަނދައިފަ އެވެ.

ކޮމެންޓް