ވަގު ސްލިޕްތަކެއް ހެދި ޒުވާން އަންހެނަކު ހޯދައިދޭން ފުލުހުން އެދެފިއެވެ.
ފުލުހުން ހޯދަމުން އަންނަނީ ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، އުމުރުން 22 އަހަރުގެ އާއިޝަތު މަލީހާއެވެ.
ފުލުހުން ބުނީ މި ޒުވާނާ ހޯދަނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށްކަމަށެވެ. އެގޮތުން މި ޒުވާނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން މިމަހުގެ 18 ވަނަދުވަހު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހާޒިރުވުމަށް ި ޒުވާނާއަށް އަންގާ ފުލުހުން ވަނީ އެކަން އާއްމުކޮށްފައެވެ. މީނާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް