ޝެއިހް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައެވެ.
ޝެއިހް ފަރީދު މެލޭޝިޔާގައި އޮތް ބައްދަލްވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.
އެއާޕޯޓަށް ފެއިބިތަނާ ޝެއިހް ފަރީދު ވެއްޓުމުން ސީޕީއާރު ދިން ކަން ވަނީ އެނގިފައެވެ. އެހެންނަމަވެސް ޝައިހް ފަރީދު އަވަހާރަވީ އޭގެ ކުޑަވަގުތުކޮޅެއްކަން އެނގިފައެވެ.
ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. ދާދި އިހަކަށް ދުވަހަކާ ޖެހެންދެން، އޭނާ ވަނީ ދީނީ އެކި ދަރުސްތައް ދެއްވުމަށް ރަށްރަށަށް ވަޑައިގެންފައެވެ.

ކޮމެންޓް