ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރް މަތިންދާބޯޓެއް ގެނައުމަށް ތައްޔާރުވެއްޖެއެވެ.
މިއީ އެއާލައިނަށް ގެންނަ ފަސްވަނަ އޭޓީއާރް މަތިންދާބޯޓެވެ.
މޯލްޑިވިއަންއަށް ފުރަތަމަ އޭޓީއާރް މަތިންދާބޯޓު ގެނެސްފައިވަނީ 2023 ވަނަ އަހަރުއެވެ. މިހާރުވެސް އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ އޭޓީއާރް ބޯޓުތަކުގެ ތެރޭގައި އޭޓީއާރް72 މަރުކާގެ 70 ފަސިންޖަރުންގެ ފްލައިޓާއި އޭޓީއާރް42 މަރުކާގެ 46 ފަސިންޖަރުންގެ ފްލައިޓް ހިމެނެއެވެ.
މިހާރުވެސް މޯލްޑިވިއަންއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ 17 އެއަރޕޯޓަކަށް ދަތުރުކުރެއެވެ. އަދި އޭޓީއާރް ފްލައިޓްގެ އިތުރުން މޯލްޑިވިއަންގެ ފްލީޓްގައި ޑޭޝް8 މަރުކާގެ ފްލައިޓާއި ސީޕްލޭންގެ އިތުރުން އެއާބަސް ފްލައިޓެއްވެސް ހިމެނެއެވެ.

ކޮމެންޓް