ހަބަރު

މިދިޔަ މަހު އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް: ފުލުހުން

މިދިޔަ މެއި މަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޭޕްރީލް މަހާ އަޅާބަލާއިރު މިނިމުނު މެއި މަހު ހުށަހެޅި މައްސަލަތަކުގެ އަދަދުވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މެއިމަހު ފުލުހުންނަށް ޖުމްލަ 1020 މައްސަލަވަނީ ހުށަހަޅާފައިވެއެވެ. އޭޕްރީލްމަހު ފުލުހުންނަށް ހުށަހަޅާފައިވަނީ 738 މައްސަލައެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން ވައްކަމުގެ 320 މައްސަލަ ވަނީ ހުށަހަޅާފައެވެ. މެއިމަހު 2 ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 268 މައްސަލަ ހުށަހަޅާފައިވެއެވެ.

ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 177 މައްސަލަ މެއި މަހުވަނީ ހުށަހަޅާފައެވެ.




މެއި މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:

• ވައްކަމުގެ 320 މައްސަލަ

• ޓްރެފިކް އެކްސިޑެންޓްގެ 268 މައްސަލަ

• މަސްތުވާތަކެއްޗާ ގުޅޭ 177 މައްސަލަ

• އެއްޗެތި ގެއްލިގެން 70 މައްސަލަ

• މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލަ

• އަނިޔާގެ 54 މައްސަލަ

• ގެވެށި އަނިޔާގެ 16 މައްސަލަ

• ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލަ

• ފޭރުމުގެ 20 މައްސަލަ

• ޚިޔާނަތުގެ 19 މައްސަލަ

• ފޯޖް ކުރުމުގެ 4 މައްސަލަ


ކޮމެންޓް