ހަބަރު

މާލޭ އޭރިޔާގައި ބަހުގެ ހިދުމަތް ހިލޭ ކޮށްލައިފި



މާލެއާ ހުޅުމާލެއިނއ ކަރަންޓުކެނޑުމާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީގެ ބަހާއި ފެރީގެ ޚިދުމަތް ހިލޭ ލިބޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަދު މެންދުރު 12:30 އެހާ ކަންހާއިރު މާލެ ސަރަހައްދުންވަނީ ކަރަންޓު ކެނޑިފައެވެ.
MTCC Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީން ވިދާޅުވީ މާލެ ސަރަހައްދުން ކަރަންޓު ކެންޑުމާ ގުޅިގެން ބަސް އަދި ފެރީ ޚިދުމަތުގެ ޓިކެޓް ނެގުމުގެ ޚިދުމަތަށް ބުރުއަރާފައިވާ ކަމަށެވެ. ނަމަވެސް އާންމު ދަތުރުފަތުރުގެ ޚިދުމަތް މެދު ނުކެނޑި ކުރިއަށްދާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެހެންދެން ބަހުގައި ހިލޭ ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ހޯދަައި އެކަން ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރު ވަނީ ފަށާފައެވެ.


ކޮމެންޓް