ކަރަންޓްގެ އަގު ހެޔޮކޮށް އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިކަން އިއުލާން ކުރެއްވީ އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ އަންނަމަހުން ފެށިގެން ކަރަންޓްގެ އަގުތައް ތިރިކުރަން ނިންމާފައިވާކަމަށެވެ.
" 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ވާހަކަ ދަންނަވަން." ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.
ކަރަންޓްގެ އަގަށް ގެންނަން ނިންމި ބަދަލުގައިވާ ގޮތުން 0 އިން ފެށިގެން 100 ބޭންޑަށް ނެގުމަށް ނިންމާފައިވަނީ ޔުނިޓަކަށް 1.25 ލާރިއެވެ. މިހާރު މި ބޭންޑަށް ނަގަމުން އަންނަނީ 1.50 ލާރިއެވެ.
ކަރަންޓް އަގަށް ގެންނަ ބަދަލުތައް
ބޭންޑް، 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25
ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50
ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50
ބޭންޑް 301-400: މިހާރު ނަގާ ރޭޓު 2.50- އާ ރޭޓް 1.50
ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66
ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20
ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3.83
ކަރަންޓް އަގު ހެޔޮކުރަން ނިންމާފައިވަނީ ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީންނެވެ.
ކަރަންޓްގެ އަގަށް ބަދަލު ގެންނަވާކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައި މިވަނީ ކަރަންޓް ބިލުތައް ބޮޑުވެގެން އެކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުން އަންނަތާ އެތައް ދުވަސްތަކެއް ވެފައިވަނިކޮށެވެ.
ކޮމެންޓް