ހަބަރު

ކައިވެނި ރޫޅުމުން ހިތްދަތި ނުވޭ!

ބައެއް ޤައުމުތަކުގައި ކައިވެންޏަށްވުރެ ވަރި ގިނައެވެ. އަނެއްގައި ޤައުމުތަކުގައި ދެބައި ދާދިއެއްވަރެވެ. މިކަމުން އެނގެނީ ކައިވެނިކުރެވޭ ފަދައިން ރޫޅެންވެސް ޜޫޅޭނެ ކަމެވެ. އެއީ ފެށުނީންސުރެ ހިނގަމުން އަންނަ ކަމެކެވެ.

ކުރެވެން އޮތް ފުރަތަމަ ކަމަކީ ކައިވެނި ރޫޅުނީ ތިމާގެ ކުށުން ކަމަށް ވިޔަނުދިނުމެވެ. އެއިރުން އެއޮތީ ތިމާގެ ދައުރު އަދާކުރެވިފައެވެ. ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމަކީ އެމީހަކު އަދާކުރަންޖެހޭ ދައުރު އަދާކުރުމެވެ. އަނެކާގެ އިޚްތިޔާރުގައިވާ ކަމަކަށް ތިމާއަކަށް އެއްވެސް ބާރެއް ނުހިންގޭނެއެވެ.

ކޮންމެ މީހަކަށްވެސް ޖަޒާދެއްވަވާނީ އެމީހަކުކުރިކުށަކަށެވެ. އެހެން މީހަކު ކުރާ ކުށަކަށް ތިބާއަކަށް ޖަޒާއެއް ނުދެއްވަވާނެތެވެ. ވީމާ ތިބާ ހުރީ ރަނގަޅު ގޮތުގައިކަމަށްވާނަމަ އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ކައިވެނި ރޫޅުނު ސަބަބުވެސް ދެނެވޮޑިގެންވެއެވެ. އަނިޔާވެރިވީ ކާކުކަންވެސް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.

ވީމާ ކައިވެނި ރޫޅުނަސް ކަންބޮޑުނުވާށެވެ! އެއީ ހިތްދަތިވެ ކަރުއެލުވައިލާ ކަމަކަށް ނުހަދާށެވެ! އަމާން ނުދީ ކުރިއަށްދާން މަސައްކަތްކުރާށެވެ! އަމާން ނުދީ ހިތްވަރުކުރާ މީހާއަށް މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެ! އިން ޝާ ﷲ

ދުނިޔޭގެ ބޮޑެތި ވިޔަފާރިވެރިންނަށް ބަލާށެވެ! މުޅިވިޔަފާރި އެކުގައި ބަނގުރީޓުވީ މީހުންނަށް ބަލާށެވެ! އެކަމަކު ބަލަންވާނީ ހިތްވަރުކޮށްފައި އަލުންތެދުވެ މަސައްކަތްކުރަން ފެށި މީހުންނަށެވެ. މަސައްކަތް ފަށާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރިއަރައި އެތައް ގުނައަކަށް އިތުރަށް ތަނަވަސްކަން ހޯދި މީހުންނަށެވެ. އެމީހުންގެ ކާށމިޔާބީއަށް ބެލުމުން މިދެއްކި ވާހަކައިގެ ޙަޤީޤަތް އެނގޭނެއެވެ.


ކޮމެންޓް