ހަބަރު

ހުޅުމާލޭގެ އާ މާސްޓާޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ގެނައި ބަދަލު ބަދަލުތަކަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ މާސްޓާ ޕްލޭން އިއްޔެ އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެޗްޑީސީން އެ އިއުލާނަށް އާންމުންގެ ޚިޔާލު ހޯދަން މިއަދު ހުޅުވާލިއިރު، އެ ފުރުސަތު އަންނަ މަހުގެ 16ގެ ނިޔަލަށް އޮންނާނެއެވެ.

އެޗްޑީސީން ބުނީ، އޮންލައިންކޮށް އެ ޕްލޭނަށް ހިޔާލު ހުށަހެޅޭނެ ކަމަށާއި ޕްލޭން ފައިނަލްކުރާނީ އާންމުންގެ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

މި މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް ވިދާޅުވީ މި މާސްޓަޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާ އެކު، ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ ކުރީގެ މާސްޓާޕްލޭންގައި އިނީ 131،000 ވަޒީފާ ހިމަނައިފަ އެވެ. ނަމަވެސް، މިހާރު ގެނެވުނު ބަދަލާ އެކު 93،000 ވަޒީފާ އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ވަނީ 224،000 އަށް އިތުރުކޮށްފައި ކަމަށް އެޗްޑީސީން ބުންޏެވެ.


ކޮމެންޓް