އަންހެނެއް ގޮތަށް ހެދުން އަޅައިގެން (މޫނު ބުރުގާ އަޅައިގެން) ފިހާރައަކަށް ވަދެ 67،500ރ. ގެ "އޮމެގާ" ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އިއްޔެ ވަނީ އަމުރުކޮަށްފަ އެވެ.
ކޯޓުގައި ފުލުހުން ބުނި ގޮތުގައި ގަޑި ވަގަށް ނަގާފައިވަނީ ތިން މީހަކު ގުޅިގެންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގަޑި ވަގަށް ނެގީ ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ފިހާރަތެރެއަށް ވަދެ އެވެ. އެ މަންޒަރު ފިހާރައިގެ ސީސީޓީވީ ފުޓޭޖަށް ވަނީ އަރައިފަ އެވެ.
އެކަމަކު، ވަގަށް ނެގި ގަޑި އަދި ހޯދިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ގަޑި ވަނީ އެހެން މީހަކަށް ވިއްކާލާފައި ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް