ހަބަރު

ދިވެހި ކަނބަލަކު ލައިވެއްގައި އޮރިޔާންވެ, ޖިންސީ އަމަލް ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފި

ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި ލައިވްވުމަށްފަހު ބަރަހަނާވެ ޖިންސީ އަމަލު ހިންގި ދިވެހި އަންހެނެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. 

 
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި ލައިވްވި ދިވެހި އަންހެނަކު ބަރަހަނާވެ ޖިންސީ އަމަލުތަކެއް ހިންގާފައި ވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

އަދި ފުލުހުންގެ ޚިދުމަތުން އެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ވަނީ ބުނެފައެވެ.

ޓިކްޓޮކް ފަދަ އެޕްލިކޭޝަން ތަކުން ލައިވްވުން މިހާރު ދިވެހިންގެ މެދުގައި މަގުބޫލުވެފައި ވާއިރު، މިފަދަ ލައިވްތަކުގައި ބަދުއަޚުލާގީ ވާހަކަ ދެއްކުމާއި، އާންމު އިޖުތިމައީ މިންގަނޑުތަކާ ޚިލާފު މަންޒަރު ދެއްކުން ވެސް ދޭތެރެއަކުން ފެންމަތިވެއެވެ.

މީގެ ދުވަސްތަކެއް ކުރީން ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ ހަދައި އާންމުކުރި މައްސަލައިގައި ދިވެހި ފިރިހެނަކު ޖަލަށް ވެސް ލިއެވެ.


ކޮމެންޓް