ހަބަރު

ޑްރަގާއިއެކު 3 ބޮންދުން އަތުލައިގެންފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 3 ބިދޭސީން ހައްޔަރުކޮށްފިއެވެ.


ފުލުހުން މިއަދު ބުނީ މެއި މަހުގެ 22 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގަލޮޅު ގެއެއް ބަލައި ފާސްކޮށް 350.92 ގްރާމްގެ މަސްތުވާތަކެތި އަތުލާފައިވާ ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ތިން މީހުން ކަމުގައިވާ އެމްޑީ މެހެދި ހަސަން (29އ) އާއި، އަބު ތަލެބް (47އ) އާއި، އެމްޑީ ސަލާމް މިއާ (41އ) ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


އަދި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެއެވެ.


ކޮމެންޓް