މޯލްޑިވްސް އިމިގްރޭޝަނުގެ ވަޒީފާއަށް 50 މީހަކު ނެގުމަށް ކުރިއަށްގެންދާ ވަރކް އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އިމިގްރޭޝަނުން އޮފިސަރުން ހޯދުމަށް މި ވަރކިން އިންޓަވިއު ކުރިއަށް ދަނީ ގަލޮޅު ސްކޫލްގައެވެ.
އިންޓަވިއުއަށް ގަޑި ފެށުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ މުޅި އެ ސަރަހައްދުގައި ދިގު ކިއޫއެއް ހަދާލާފައެވެ. ކިއޫގައި ގިނަ އަދަދެއްގެ ޒުވާނުން މަޑުކޮށްގެން ތިބިއިރު އިންޓަވިއު ކުރިއަށްދާނީ 17:00 ޖެހުމާ ހަމައަށެވެ. އިންތަވިއު ހަރަކާތް ފަށާފައިވަނީ ހެނދުނު 9 ޖެހިއިރުއެވެ. މިކަމާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވިދާޅުވެފައިވަނީ، މިކަމުން އެނގިގެންދަނީ އެ މުއައްސަސާގެ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމެވެ.
އިމިގްރޭޝަނުން ގިނަ އަދަދެއްގެ އޮފިސަރުން ނަގަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި އެ މުއައްސަސާއިން ކުރަންޖެހޭ ކަންކަން ކުރުމަށެވެ. އިމިގްރޭޝަނުން ބޭނުންވާ އަދަދަށް މުއައްޒަފުން ނެގުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ، އެމީހުން ތަމްރީނުކުރުމަށް ވަނީ ނިންމާފައެވެ. ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވެސް ވަނީ ގިނަ އަދަދެއްގެ މުއައްޒަފުން ނެގުމަށް ހުޅުވާލާފައެވެ.