ހަބަރު

ހުޅުމާލޭގައި ހިންގި މާރާމާރީ އަކާއި ގުޅިގެން ދެމީހަށް ފަރުވާ ދޭން ފަށައިފި

ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

 

ފުލުހުން ބުނީ، ރޭ 11:51 ގައި ހުޅުމާލެ ފޭސް 2 ގެ އެޗް 11 ކައިރީގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރެވުނެވެ. އަދި މި މާރާމާރީގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

 

ފުލުހުން އިތުރަށް މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު، އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެން ގޮސްފައެވެ.

 

މީގެ އިތުރުން، މި މާރާމާރީ ހިންގި މީހުން ދެ ފޯނެއް ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

 

މި މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.


ކޮމެންޓް