ވިޔަފާރި

އުރީދޫ ކަރާ ފަޅައިގެން ނަސީބުވެރި އެއްފަރާތަށް 10 އިނާމު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ހާއްސްކޮށް މިރޯދަމަހު ތައާރަފު ކުރެވުނު ހިތްގައިމު މޮބައިލް ގޭމް ކަމަށްވާ އުރީދޫ ކަރާ ފެޅުން ނިންމާލުމަށް ދެ ދުވަހަށް ވެއްޖެއެވެ.

 

ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު މި ގޭމް ނިންމާލާއިރު، މިއީ އެޕަލްގެ އެންމެ ފަހުގެ ޑިވައިސްތަކާއި ހިތްގައިމު 65" ގެ ޓީވީއެއް ހިމެނޭ 10 އިނާމުގެ ބަންޑަލްއެއް ހޯދުމަށް މި ގޭމް ކުޅެގެން ލިބޭ އެންމެ ފަހު ފުރުސަތެވެ.

 

އެހެން އަހަރުތަކުގައި ހަދިޔާފޮށި ގެނެސްދިން ގޮތަށް އުރީދޫ ކަރާ ފެޅުން ވެސް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކެއް ފަހިކޮށްދީފިއެވެ.

 

މީގެއިތުރުން ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 200 ޓެޕް ކޮށްގެން ކަސްޓަމަރުންނަށް މި ހިތްގައިމު ގްރޭންޑް ޕްރައިޒް ލިބުމުގެ ފުރުސަތު ފަހިވެއެވެ.

 

ނަސީބުވެރި އެއް ފަރާތަކަށް އަލްޓިމޭޓް ޓެކް ޕެކޭޖް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި އެޕަލް އައިފޯން 16 ޕްރޯ އާއި މެކްބުކް އެއަރ، އެއަރޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ގަޑި ހިމެނެއެވެ. އަދި އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް ވެސް ހިމެނެއެވެ.

 

މީގެއިތުރުން އެޕަލް ޕެންސިލް އާއި އެއަރޕޮޑްސް މެކްސް އާއި 65 އިންޗީގެ ޓީވީ ވެސް ހިމެނެއެވެ.

 

އުރީދޫ ކަރާ ފެޅުން އަކީ ކަސްޓަމަރުންގެ މެދުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގޭމެކެވެ. އަދިވެސް އިނާމު ހޯދުމަށް ކަރާ ފެޅުމުގައި ބައިވެވޭނެއެވެ. 

 


  • އުރީދޫ
  • ކޮމެންޓް