މަންފާ ޖަމްއިއްޔާގެ ދީނީ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ފުރުސަތު އާންމުންނަށް

މަންފާ ޖަމްއިއްޔާގެ ދީނީ މަސައްކަތްތަކަށް އެހީތެރިކަން ދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

 

'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ޖަމްއިއްޔާ އިން ކުރިއަށްގެންދާ ދީނީ އެކިއެކި މަސައްކަތްތަކަށް ކޮންމެ ބޭފުޅަކު ވެސް 20 ރުފިޔާ ދެއްވުން އެދޭ ކަމަށެވެ.

 

'މަންފާ' ޖަމްއިއްޔާ އަކީ ރާއްޖޭގައި ދީނީ ކަންކަން އެކި ފަރާތްތަކަށް އޮޅުންފިލުވައިދެއްވުމުގައި އިސްކޮށްއުޅުއްވާ ޢަލީ ރަމީޒު އުފައްދަވާފައިވާ ޖަމްއިއްޔާއެކެވެ.

 

'މަންފާ' ޖަމްއިއްޔާ އުފެއްދެވީ އިސްލާމް ދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، މިދީނުގެ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކުގައި ކަމަށް ޢަލީ ރަމީޒު ވަނީ ވިދާޅުވެފައެވެ.

 

މީގެއިތުރުން ދީނީ، އިންސާނީ އަދި އިޖްތިމާއީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަގްސަދުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

ސަލަފް ޖަމްއިއްޔާ އުފެދުނީއްސުރެ އިސްދައުރެއް އަދާކުރެއްވުމަށްފަހު، އެ ޖަމްއިއްޔާ އިން ޢަލީ ރަމީޒު އިސްތިއުފާދެއްވާފައިވަނީ ފައިބެއަހަރުގެ ޑިސެމްބަރ މަހުއެވެ. އޭރު އޭނާ ހުންނެވީ އޮޕަރޭޝަން މެނޭޖަރުގެ މަގާމުގައެވެ.

 

 

 


  • އަލީ ރަމީޒު
  • މަންފާ
  • ކޮމެންޓް