ރާއްޖެއިން ނެދެލަންޑްސް އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޤީލާ ޢަލީ ސަފީރުކަމުގެ ފަތްކޮޅު އެގަުމުގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ވިލްއެމް-އެލެގްޒެންޑަރ އަށް އަރުވައިފިއެވެ.
ދަ ހޭގުގައި ހުންނަ 'ނޫރުދެއިންދް' ޕެލަސްގައި ބޭއްވި މި ރަސްމިއްޔާތަށްފަހު ބޭއްވި ޕްރައިވެޓް އޯޑިއަންސްގައި ސަފީރު ޤީލާ އަލީ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ނެދަލެންޑްސްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ.
މީގެއިތުރުން ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފައެވެ.
ރާއްޖެއާއި ނެދެލަންޑްސް އާ ދެމެދު އޮތް ގުޅުމަށް 45 އަހަރު ވެފައިވާއިރު، ފަތުރުވެރިކަމަށާއި ތަރައްގީގެ މަޝްރޫއުތަކުގައި ނެދެލަންޑްސް އަކީ މުހިންމު ބައިވެރިއެކެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެކަމަނާގެ ފިރިކަލުން އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ މުހައްމަދު ޝައްފާއު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.