ފޭސްބުކް މޭކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވުމަށް ސައިބަރ ކްރައިމް ސެންޓަރުން އަނެއްކާވެސް އެދިއްޖެއެވެ.
ސައިބަރ ކްރައިމް ސެންޓަރުން ދާދި ފަހުން ވަނީ އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ތަޢާރަފްވެފައިވާކަން ހާމަކޮށްފައެވެ.
ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓްތަކަށް ސަމާލުވުމުގެ ގޮތުން ލިސްޓް ކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއް ކަމަށް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިފައެވެ. އަދި ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފަ ހުންނަ މައުލޫމާތު މަދުނަމަ ނުވަތަ އައު ޕްރޮފައިލެއް ނަމަ ނުވަތަ ފްރެންޑްސް މަދު ނަމަ އިތުރަށް ޔަގީން ކުރަންވާނެއެވެ.
މީގެ އިތުރުން އިތުބާރު ކުރެވޭ ގޮތަށް މުދާ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިޙްތިޔާރު ކުރުމަށް އެދި ސައިބަރ ކްރިމް ސެންޓަރުން ވަނީ މިގޮތަށް ކަންތައް ކުރުމުން މުދާ އަތަށް ލިބި އިތުރަށް ބަލަން ފުރުސަތު ލިބިގެންދާނެ ކަން ފާހަގަކުރައްވާފައެވެ. އަދި ދެ ފަރާތުގެ ރުހުމާއި އެކު ވިޔަފާރި ފުރިހަމަކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފްވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމަރ އޮތަންޓިކޭޝަން މިހާރު ދަނީ ބަދަލު ކުރަމުން ކަމަށް ސައިބަރ ކްރައިމް ސެންޓަރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.