އަޝްފާނުގެ އުއްމީދަކީ ރައްޔިތުންގެ އިތުބާރުހިފޭ ހިދުމަތްތަކަކަށް އިމިގްރޭޝަން ހެދުން

މޯލްޑިވްސް އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެެއް ކަމަށް ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން ވިދާޅުވެއްޖެއެވެ.

 

އިމިގްރޭޝަނަށް 75 އަހަރު ފުރުމާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓެއްގައި އަޝްފާން ވަނީ އިމިގްރޭޝަނަށް 75 އަހަރުވެ އަލިމަސް ޔޫބިލް ފާހަގަކުރަމުންދާއިރު، އެ އިދާރާގެ މުވަައްޒަފުން ދިވެހި ރައްޔިތުންނާއި ބިދޭސީންނަށް ދެމުންގެންދާ ހީވާގި އަދި އަގު ހުރި ހިދުމަތަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

 

މީގެއިތުރުން މި އުފާވެރި މުނާސަބަތުގައި އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ވެސް ވަނީ އަރިސްކުރައްވާފައެވެ.

 

މޯލްޑިވްސް އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެއްކަން ފާހަގަކުރައްވާ އަޝްފާން ވިދާޅުވީ އުންމީދަކީ އިމިގްރޭޝަން ހިދުމަތްތައް އިތުރަށް ކުރިއަރައި، ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދެވޭ ހިދުމަތްތަކަކީ ރައްޔިތުން ފުރިހަމައަށް ބަލައިގަންނަ، އަދި އިތުބާރުހިފޭ ހިދުމަތްތަކަކަށް އަބަދުވެސް ވެގެންދިޔުން ކަމަށެވެ.

 


  • އިމިގްރޭޝަން
  • ކޮމެންޓް