އެމްބީއެސްގެ ޑީޖީގެ މަގާމަށް މައުސޫމް

މޯލްޑިވިއަން ބްލަޑް ސަރވިސަސް ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަހްމަދު މައުސޫމް ހަމަޖައްސަވައިފިއެވެ.

 

މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މީގެކުރިން އޭނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްއަކާއި ޑިރެކްޓަރއެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖެހިގެންދާނެއެވެ.

 

އެމްބީއެސް އަށް ޑިރެކްޓަރ ޖެނެރަލްގެ މަގާމް މިއަދު ހަމަޖެހުނުއިރު، ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެއެވެ. އަދި އެތަނަށް މިވަގުތަށް ބޭނުންވާ 5 ނަރުހުން ހޯދުމަށް ވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ.

މީގެއިތުރުން އެހެނިހެން އިދާރީ މުވައްޒަފުން ވެސް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

 

ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

 

ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު އިއްޔެ އެމްބީއެސް އަދި އެމްބީއެސްގެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ އޮރެންޖް ހިޔާ އަށް ވަޑައިގެން އެތަންތަން ބެއްލެވުމަށް ފަހު ކުރެވުނު މަޝްވަރާއަށް ފަހު ވަނީ ނިންމަވާފައެވެ.


ކޮމެންޓް