ރާއްޖޭގެ އުމްރާވެރިއެއް ނިޔާވެއްޖެ

ރާއްޖޭގެ އުމްރާވެރިއެއް ނިޔާވެއްޖެއެވެ.

 

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިކަން ހާމަކުރެއްވީ ރޭ ދަންވަރުއެެވެ. އެމަނިކުފާނު ވިދާޅުވީ ނިޔާވީ ޒަމްޒަމް ކޮމްޕެނީގެ ހަވާލުގައި އުމްރާއަށް ދިޔަ ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސަޢީދާ ކަމަށެވެ.

 

އެހެންނަމަވެސް އިތުުރު ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

 

ރާއްޖެއިން އުމްރާއަށާއި ހައްޖަށް ދާ ފަރާތްތަކުގެ ކަންކަން ހިނގަމުންދާގޮތް އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ބައްލަވަމުންނެވެ. ހާއްސަކޮށް މިނިސްޓަރ ގެންދަވަނީ ވަރަށްގާތުން ބައްލަވަމުންނެވެ.


  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް