މާލެ ސަރަހައްދުގެ 27 ތަނެއްގައި ފިތުރު އީދު ނަމާދު ކުރާގޮތަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ފިތުރު އީދު ނަމާދު ވެސް ބޮޑުޖަމާއަތުގައި ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރާނެ ކަމަށެވެ.
އެގޮތުން މާފަންނު ސްޓޭޑިއަމާއި ވިލިމާލޭ ބޯޅަދަނޑާއި ހުޅުމާލޭގެ ސިންތަޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކްރިކެޓް ސްޓޭޑިއަމްގައި ބޮޑުޖަމާއަތުގައި ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެއެވެ. އަދި ޖުމްލަ 27 ތަނެއްގައި އީދު ނަމާދު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގައި މީގެކުރުން އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައެވެ. އެކަމަކު ފައިބެއަހަރުން ފެށިގެން އީދު ނަމާދު ކުރާ ވަގުތަކީ ހެނދުނު 7 ޖަހާއިރުކަމަށް ވަނީ ނިންމާފައެވެ.
މި ބަދަލު ގެނައީ އެވަގުތަކީ އިރުއަރައި، އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި އީދު ނަމާދުގެ ޖަމާއަތަށް ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 31 ވަނަ ދުވަހެވެ.
https://www.gazette.gov.mv/iulaan/333389