އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ކުލަސްޓަރ 1 ގެ ބައެއް ރަށްރަށުގައި ފަށައިފި

އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ކުލަސްޓަރ 1 ގެ ބައެއް ރަށްރަށުގައި ފަށައިފިއެވެ.

 

މިކަން ހާމަކުރެއްވީ ލޯކަލް ކައުންސިލް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން އެވެ. އޭނާ ވިދާޅުވީ އީދު އަލިންް އަތޮޅުތެރެ ދިއްލައިލުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުލަސްޓަރ 1ގެ ބައެއް ރަށްރަށުގައި ލައިޓްތައް ހަރުކޮށް، ގިޑިގެ ޖެހުމުގެ މަސައްކަތް މިހާރުފަށާފައިވާ ކަމަށެވެ.

 

އެގޮތުން ހއ. ދިއްދޫގައި މަސައްކަތް މިހާރު ފަށައި، ކުޅުދުއްފުށީ ސިޓީގެ މަސައްކަތް މި މަހުގެ 24 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ށ. ފުނަދޫ ދިއްލުމުގެ މަސައްކަތް މި މަހުގެ 25 ގައިފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

 

އެންމެ އުތުރުގެ 3 އަތޮޅުން އަލަށް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ އިހަވަންދޫއާއި ހޯރަފުއްޓާއި، ހަނިމާދޫއާއި، ނޮޅިވަރަމާއި، މިލަންދޫއާއި، ފޯކައިދޫ ދިއްލުމަށް ބޭނުންވާ ސާމާނާއި ސްޕީކަރުތައް މި މަހުގެ 24 ގައި ފޮނުވޭނެ ކަމަށް އީދު ލައިޓު ކޮމިޓީން ވަނީ މައުލޫމާތު ދެއްވާފައެވެ.

 

މި މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ. އީދަށް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ.

 

އީދު ދިއްލުން އަތޮޅުތެރޭގައި ފެށިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ފައިބެއަހަރުއެވެ.

 


  • ފިތުރު އީދު
  • ކޮމެންޓް