ހިޔާ ފްލެޓުތަކުން 3 ގަޑިއިރަށް ފެނުގެ ހިދުމަތް މިރޭ ކެނޑިދާނެ

ހިޔާ ފްލެޓު - ފޮޓޯ: ކުޑޭ

ހިޔާ ފްލެޓުތަކުން 3 ގަޑިއިރަށް ފެނުނުގެ ހިދުމަތް މިރޭ ކެނޑިދާނެ ކަމުގައި އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ.

 

އެކުންފުނިން ވިދާޅުވީ ހުޅުމާލެ ހިޔާ ފްލެޓްތަކަށް ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޫސްޓަރ ޕަމްޕް ސިސްޓަމަށް ކުއްލި މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން ހިޔާ ފްލެޓް 9 އިން 16 އަށް ލިބޭ ފެނުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

 

މީސްމީޑިއާގެ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މި ހިދުމަތް މެދުކެނޑިގެންދާނީ ފްލެޓް 9 އިން 16ގެ 9 ވަނަ ފަންގިފިލާއިން ފެށިގެން 16 ވަނަ ފަންގިފިލާއާ ހަމައަށް ކަމަށެވެ. އަދި ހިދުމަތް މެދުކެނޑާލާނީ ރޭގަނޑު 11 އިން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށް ކަމަށެވެ.

 

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.

 


  • ހިޔާ ފްލެޓު
  • އެމްޑަބްލިއުއެސްސީ
  • ކޮމެންޓް