ހަބަރު

ރައީސް، އޮރެންޖު ހިޔާ ބައްލަވާލައްވައިފި

"އޮރެންޖް ހިޔާ" އިމާރާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

 

އެއީ ނެޝަނަލް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް މިހާރު ތައްޔާރުކުރެވެމުންދާ އިމާރާތެވެ.

 

އެ އިމާރާތަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އިމާރާތުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ބައްލަވައި އިތުރަށް ކުރަން ހުރި މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވާފައެވެ.

 

މި ޒިޔާރަތުގައި އިރުޝާދު ދެއްވާފައިވަނީ އައު އިމާރާތަށް ތެލަސީމިއާގެ ހިދުމަތްތައް ބަދަލުކުރެއްވި ނަމަވެސް، ހިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ހިދުމަތް ދެވޭނެގޮތަށް، އއު އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށެވެ.

 

މީގެއިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާއި ހިދުމަތް ހޯދާފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.

 

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް