ހަބަރު

ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ބިނާވެފައި އޮންނަނީ އިހްތިރާމުގެ މައްޗަށް

ޕާކިސްތާނުގެ ޔުނިވަރސިޓީއެއް - ފޮޓޯ: ކުޑޭ

ޕާކިސްތާންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިޝާޤް ދާރ އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

 

ވަޒީރުގެ މެސެޖުގައި އެގައުމުގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް މަނިކުފާނަށާއި ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ.

 

މީގެއިތުރުން ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިހްތިރާމާއި ދެ ގައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ފާކިސްތާނުން ދެމުންގެންދާ އެހީ އާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެކަމަށް ޝުކުރު އަދާ ކުރާކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.

 

އެމްނިކިުފާނުގެ މެސެޖުގައި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ފުޅާ ވެގެންދާނެކަމަށް ޔަގީންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެގައުމުގެ ރައްޔިތުންނަށް ސުލްހަ އާއި އުފާފާގަތިކަމަށް އެދިވަޑައިގެންފައި ވެއެވެ.

 


  • ޕާކިސްތާން
  • ފޮރިން މިނިސްޓަރ
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް