މޯލްޑިވިއަން އިން ބޭނުން ކުރަމުންދާ އޭ320 ގެ ދަތުރުތައް އައްޑޫ ސިޓީ ގަމަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަން އިން ވިދާޅުވީ އޭ320ގެ މެއިންޓެނެންސް އަށް ފަހު، އެ ބޯޓުގެ ދަތުރުތައް ގަމަށް ފަށަން ނިންމާފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މި ބޯޓުގެ ދަތުރުތައް ހަފްތާއަކު ދެ ދުވަހު އެސިޓީއަށް ކުރުމަށް ތާވަލުކޮށްފައިވާއިރު، ދަތުރުތައް އޮންނާނީ ބުރާސްފަތި، ހޮނިހިރު ދުވަހު މާލެ - ގަން، ގަން - މާލެ އަށް ކަމަށް ހާމަކުރައްވައެވެ.
މީގެ ކުރިންވެސް މޯލްޑިވިއަން އިން އައްޑޫ ސިޓީއަށް އޭ320 ގެ ދަތުރުތައް ވަނީ ބާއްވާފައެވެ. އޭރުވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
މިހާރުވެސް މޯލްޑިވިއަން އިން އައްޑޫ ސިޓީއަށް ދުވާލަކު 3 ދަތުރު ބާއްވަމުން އަންނައިރު، ޗުއްޓީ ދުވަސްވަރާއި ދިމާކޮށް މޯލްޑިވައަންގެ ޓިކެޓު ހޯދުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވެއެވެ.