މި ރޯދަ މަހުގެ ފަހު 10 އެއްގެ ރޭ ތަކުގައި ގްރޭޓަރ މާލެ ސަރަަހައްދުގައި ބަހުގެ ހިދުމަތް ދޭ ގަޑިތައް އިތުރުކުރަން ނިންމައިިފިއެވެ.
މި ނިންމުމާއެކު މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ 1R، 2R، 6R، 7R އަދި 8R ގެ ދަތުރުތަކާއ،ި މާލެ އެތެރޭގައި ދަތުރުކުރާ 10R، އަދި 11R ގެ ދަތުރުތަކުގެ ހިދުމަތް ފަހު ދިހައެއްގައި މެންދަމު ދެއަކާ ހަމައަށް ލިބޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި ބަދަލުތައް ގެނައީ ރޯދަ މަސް ފެށުނީއްސުރެ ދަތުރުވެރިން އެންމެ ގިނައިން ބަހުގެ ހިދުމަތް ބޭނުންކުރާ ގަޑިތަކާއ،ި މިންވަރަށް ބަލައ،ި އާންމުންގެ ހިޔާލުތަކަށް ބިނާކޮށް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މިގެނެވޭ ބަދަލުތަކާ ގުޅިގެން، މާތްވެގެންވާ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގައި ބަހުގެ ހިދުމަތް ހޯއްދަވާ ބޭފުޅުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
އެ ދަތުރުތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން، 1650 އަށް ގުޅުމުން ލިބޭނެއެވެ.