މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލައެއްގައި އިމިގްރޭޝަންގެ 3 މުވައްޒަފުން ހައްޔަރަށް

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ކުޑޭ

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.

 

ފުލުހުން ވިދާޅުވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން މިހާރުގެންދަވަނީ ތަހުގީގު ކުރައްވަމުން ކަމަށެވެ.

 

މި މައްސަލަ އާ ގުޅިގެން މި މާރޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި، ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ މިންވަރަކުން އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.

 


  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް