ހަބަރު

ރަމަޟާން މަހުގެ ފަހު 10 ގެ ހެޔޮ ދުއާ އާއި ތަހުނިޔާ ރައީސް ފޮނުއްވައިފި

ރަމަޟާން މަހުގެ ފަހު 10 ގެ ހެޔޮ ދުއާ އާއި ތަހުނިޔާ ރައީސް ފޮނުއްވައިފިއެވެ.

 

މީސްމީޑިއާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މިބަރަކާތްތެރި ރޭތަކުގެ ހެޔޮ ދަރުމައާއި ޘަވާބު އަޅަމެންނަށް ދެއްވުމަށާއި ފާފަ ފުއްސެވުމާއި ދިންނެވުން ދެއްވުން އެދިވަޑައިގެން ދުއާކުރައްވާފައެވެ.

 

މީގެއިތުރުން މި މައްސަރުގައި ލައްވާފައިވާ ބަރަކާތްތެރި ލައިލަތުލް ޤަދުރިވިލޭރޭގެ މަތިވެރި ނިއުމަތް އަޅަމެން އެންމެނަށް މިންވަރުކުރެއްވުމަށް ވެސް ދުއާކުރައްވާފައި ވެއެވެ.

 

ރައީސް ޑރ. މުޢިއްޒު ވަނީ ފަހު ދިހައިގެ ބަރަކާތް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ފަސޭހަ ވާނޭހެން ސަރުކާރުގެ މުވައްޒަފުންނަށް ފަހު ދިހައެއް ބަންދު ދުވަސްތަކެއްކަމުގައި ހަމަޖައްސަވާފައެވެ.

 


  • ރަމަޟާން މަސް
  • ކޮމެންޓް