ހަބަރު

ސަރުކާރުގެ ނިންމުން ބަދަލުކޮށް ޕްރައިވެޓް އިންޝުއަރެންސާއެކު އާސަންދަ ދޭން ނިންމައިފި

ސަރުކާރުގެ ނިންމުން ބަދަލުކޮށް ޕްރައިވެޓް އިންޝުއަރެންސާއެކު އާސަންދަ ދޭން ނިންމައިފިއެވެ.

 

އާސަންދަ ކުންފުނިން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އިންޝުއަރެންސަށް ކެނޑުމަށްފަހު އާސަންދަ ސްކީމުން ހިދުމަތް ލިބޭ ގޮތަށް މީގެކުރިން ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޕްރައިވެޓް އިންޝުއަރެންސް އާއެކު އާސަންދަ ލިބޭ ގޮތަށް އަލުން ހަމަޖައްސާފައިވާ ކަމަށެވެ.

 

އާސަންދަ ރިފޯމްކުރަން ފަށައި، އެ ސްކީމަށް ގެނައި ބަދަލުގެ ދަށުން ޕްރައިވެޓް އިންޝުއަރެންސެއް އޮތް ނަމަ، އޭގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ފެށީ ފައިބެއަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެންސްޕާ އިން އޭރު ބުނީ ޕްރައިވެޓް އިންޝުއަރެންސް ނަގާފައިވާ ނަމަ އެ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ މީހުންގެ ޕެކޭޖުގެ ލިމިޓް ހަމަވުމުން ކަމަށެވެ.

 

އެހެންނަމަވެސް އެ އުސޫލަށް އާސަންދަ ކުންފުނިން މިހާރުވަނީ ވަދަލު ގެނެސްފައެވެ.

 

އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަ އެއިން ފައިސާ ދެއްކުމަށް ފަހު ބާކީ އަދަދު އަމިއްލައަށް ދައްކަންޖެހޭ ގޮތަށް އިންޝުއަރެންސް ނިޒާމަށް ފައިބެއަހަރު ގެނައި ބަދަލާ އެކު އާންމުންގެ ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް ވަނީ ބަންޑުންކޮށްލާފައެވެ.

 

 


  • އާސަންދަ
  • ކޮމެންޓް