ހަބަރު

ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް

ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

 

މިކަން ހާމަކުރެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޑެޕިޔުޓީ މިނިސްޓަރ އާމިނަތު ނަމްޒާއެވެ.

 

އެކަމަނާ ވިދާޅުވީ މި ދުވަސް ފާހަގަކުރުމަށް މިއަދާއި، މާދަމާ މާލޭގައި ތަފާތުއެކި ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އޭގެތެރޭގައި ގިފްޓް ޕެކް ހަވާލުކުރުމާއި، ދުވަހާ ގުޅޭ ކާޑު ބެހުމާއި، މާ ހަދިޔާކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

 

މީގެއިތުރުން ދުވަހުގެ ތަހުނިޔާ ފޮނުވުމާއި، ޓީވީއެމުން މިހާރު ލޯންޗްކޮށްފައިވާ "ހިތްހެޔޮކަމުން އުފާވެރިކަން" މި ކެމްޕޭނުގެ ދަށުން ހިތްހެޔޮކަމާއި، އޯގާތެރިކަމުން އުފާވެރިކަން ގެނުވައިދޭ ފަދަ ވީޑިޔޯ ފޮނުވުމުގެ ހަރަކާތެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

 

މި އަހަރުގެ "ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް" ފާހަގަ ކުރަނީ ހެޕިނަސް އިންޑެކްޝަންގެ ޕާޓްނަރުން ކަމުގައިވާ ޕީއެސްއެމާއި، ދިރާގާއި މޯލްޑިވްސް ޕޮލިހާއި، އުރީދޫ މޯލްޑިވްސްއާއި، ވީބީ މާރޓް އަދި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

 

މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ފަރުދީ ފެންވަރުގައާއި، މުއައްސަސާތަކުގެ ފެންވަރުގައާއި، މުޖުތަމައުގެ ފެންވަރުގައި އަނެކުންނަށް އެހީތެރިވެ، އޯގާތެރިވުމުގެ ގޮތުން ކޮންމެވެސް ކަމެއް ކޮށްލަ ދެއްވުމަކީ މި ދުވަސް، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ މަތިވެރި އެއް މަގްސަދެވެ.

 

ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަހަކީ މާރިޗު މަހުގެ 20 ވަނަ ދުވަހެވެ.

 

 

 


  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް