ހަބަރު

ސައިކަލު މަޑިދަށުން ވައްކަންކުރުން އިތުރުވާތީ ހާއްސަ ހަރަކާތެއް

ފޮޓޯ: ފުލުހުން

ރައްޔިތުންގެ އަގުބޮޑެތި މުދާ ރައްކާތެރިކޮށް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ހަރަކާތެއް މާލޭގައި ކުރިއަށް ގެންގޮސްފިއެވެ.

 

މިއީ ސައިކަލު މަޑިދަށުން ވައްކަންކުރުމުގެ މައްސަލަތަކާއި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވަމުންދާތީ ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

 

މިމަހުގެ 17 ވަނަ ދުވަހު ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނި މާފަންނު ނެއިބަހުޑް ޕޮލިހާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓު ގުޅިގެންނެވެ.

 

ފެރީ ޓާމިނަލް ސަރަހައްދުގައި ސައިކަލު ޕާކުކުރާ ގާތްގަނޑަކަށް ފަންސާހަކަށް މީހުންނާ މި ހަރަކާތުގެ ތެރެއިން ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އެގޮތުން، ސައިކަލު ޕާކުކޮށްފައިދާއިރު ތަޅުދަނޑި ނެގުނުތޯ ޔަގީންކުރުމަށާއި ޝަޓަރ ލޮކްކުރުމަށާއި ހުންގާނު ވެސް ލޮކްކުރެވުނުކަން ޔަގީންކުރުމަށް ފަހުގައި ނޫނީ ނުދިއުމަށް ހަނދާންކޮށްދީފައިވެއެވެ.

 

އޭގެއިތުުރުން، މުހިންމު ލިޔެކިޔުމާއި އަގުބޮޑެތި ތަކެތި ޕޮކެޓް އަދި މަޑިދަށުގައި ނުބެހެއްޓުމަށާއި ސައިކަލުގެ ތަޅު ހަލާކުވެފައިވާނަމަ ތަޅު ބަދަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ދީފައިވެއެވެ.

 


  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް