ހަބަރު

އެމްއެމްސީގެ ވަފުދެއް ބެއިޖިންގ އަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ވަފުދެއް ޗައިނާގެ ބެއިޖިމންގ އަށް ފުރައިފިއެވެ.

 

މިއީ "ސެމިނަރ އޮން ހެޑްސް އޮފް ޖާނަލިސްޓް އޯރގަނައިޒޭޝަންސް ފޯރ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީ.އާރ.އައި) ޕާރޓްނަރ ކަންޓްރީސް" ގެ ނަމުގައި ޗައިނާ ސަރުކާރުން އިންތިޒާމްކުރައްވައިގެން ކުރިއަށް ގެންދަވާ ސެމިނަރއެކެވެ.

 

މި ސެމިނަރ އޮންނާނީ މި މަހުގެ 20 ން އަން އޭޕްރިލް މަހުގެ ދެ ވަނަ ދުވަހާއި ހަމައަށެވެ. ފޮރިން މިނިސްޓްރީން، އެމްއެމްސީ އަށް ފަހިކޮށްދެއްވި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޗައިނާގެ ޚަބަރާއި މީޑިއާގެ އާދަތައް ދެނެގަތުމެވެ. އަދި މީޑިއާގެ ދާއިރާއިން ޗައިނާއާއި ބީ.އާރ.އައިގެ އެހެނިހެން ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.

 

މި ސެމިނަރގައި އެމްއެމްސީގެ ފަރާތުން ބައިވެރިވީ ކައުންސިލުގެ މެންބަރު ޢަލީ އާދަމް، ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢައިޝަތު މަލްސާ މާހިރު، އޭއޯ ނިއުސްގެ ޝިމްލާ އަޙްމަދު އަދި މިހާރު އޮންލައިންގެ އިފްރާޒް ޢަލީއެވެ.

 

 


  • ޗައިނާ
  • އެމްއެމްސީ
  • ކޮމެންޓް