ހަބަރު

ވީއައިއޭގެ އައު ޓަރމިނަލްގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަށް ޒިޔާރަތް ކުރައްވައި، ޓަރމިނަލު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

 

އެމަނިކުފާނު ވަޑައިގެންނެވުމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ޓަރމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އައު ޓަރމިނަލުގައި ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަސީލަތްތަކާއި ހިދުމަތްތަކާބެހޭ އިތުރު މައުލޫމާތު ވެސް ވަނީ ރައީސް އަށް ދެއްވާފައެވެ.

 

މި ޓަރމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓަރމިނަލެކެވެ.

 

ރައީސްގެ މި ޒިޔާރަތުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް