ވިޔަފާރި

ވިޔަފާރި އުސޫލުން ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް އެގްރިކަލްޗަރ މިނިސްޓްރީން ނިންމައިފިއެވެ.

 

އެ މިނިސްޓްރީން ވިދާޅުވީ މިއީ ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށްޓަކައި އެކުލަވާލާ ދަފްތަރެއް ކަމަށެވެ.

 

މިގޮތުން މައުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު، ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތައް، ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާފަރާތްތައް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވިޔަފާރި އުސޫލުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ ކަމަށެވެ.

 

އެހެންކަމުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އޭޕްރީލް 10 ވަނަދުވަހުގެ ކުރިން އެ މިނިސްޓްރީގެ މެއިލްއަށްް [email protected]  ފޯމު ހުށަހެޅުމަށް ވަނީ އެދިލައްވާފައެވެ.

 

މި ދަފްތަރުގައި މިވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭނެ ކަމަށާއި އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ އެމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކުރެއްވުން އެދިލައްވާފައި ވެއެވެ.

 


  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް