ހަބަރު

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއެއް ކުޑަ މާރުކޭޓަކުން ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއެއް ކުޑަ މާރުކޭޓަކުން ހައްޔަރުކޮށްފިއެވެ.

 

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމަށް މިއީ ހޯމް މިނިސްޓްރީ އާއި އެ އިދާރާ އަދި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން ފެނުނު މީހެއް ކަމަށެވެ.

 

ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލާފައެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ގާއިމްކޮށްފައެވެ. އެ ޕްލެޓް ފޯމަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާއިރު، މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލައެކެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައި ވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 77،000 ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފައެވެ.

 


ކޮމެންޓް