ބ. ކަމަދޫގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގައިފިއެވެ.
މި ޕްރޮގްރާމުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އާންމު އުސޫލުތަކާއި ޓޫރިސްޓުން އެ ސަރަައްދުތަކުގައި އުޅޭއިރު، ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެއިތުރުން މިއީ ރަމަޟާން މަސް ކަމަށް ވުމާއެކު ދުވާލުގެ ވަގުތުތަކުގައި ޓޫރިސްޓުން ރަށުތެރޭގައި ކާބޯތަކެއްޗާއި ސިނގިރެޓް ފަދަ ތަކެތި ބޭނުންނުކުރުމަށާއި ނިވާކަންކުޑަ ހެދުން އަޅައިގެން ރަށުތެރޭގައި ނޫޅުމަށް އަންގައިދިނުމަށް ވެސް ވަނީ މައުލޫމާތުދީފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ޕްރޮގްރާމަށް ގެސްޓުހައުސްތަކުން ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަމަށެވެ.