ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ މި މަހުގެ 22 ން ފެށިގެން ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނާނެކަމަށެވެ. އަދި ޒަކާތް ބަަލައިގަންނާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1 ން ހަވީރު 4 ޖަހަންދެން ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށެވެ. މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގެ ޞަލާހުއްސީން ހޯލުންނެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުތަކުން ވެސް ޒަކާތް ބަލައިގަންނަމުންދެއެވެ.
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ.