ރާއްޖޭގެ ޒުވާން ފެތުންތެރިޔާ ޢާއިޝަަތު ޢުލްޔާ ޝާއިޤް ގައުމީ ރެކޯޑެއް އައު ކޮށްފިއެވެ.
އޭނާ ގައުމީ ރެކޯޑު އައުކޮށްފައިވަނީ އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ޔޫ.ޑަބްލިއު.އެސް.ސީ (ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިންގ ކްލަބް) ކްލަބް ނައިޓް ނަންބަރު 5 ގައެވެ.
މި މުބާރާތުގައި އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ އޭނާ އައުކުރީ 01:04.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ ފައިބެއަހަރު ސްރީލަންކާގައި ބޭއްވި އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައެވެ. އެފަހަރު އަމްނާ ރޭސް ފުރިހަމަކުރީ 01:05.03 އިންނެވެ.